ރާއްޖޭގެ މެރިން ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ މެރިން އެކްސްޕޯ އަންނަމަހު ބާއްވަން ނިންމައިފި

ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މެރިން ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ މެރިން އެކްސްޕޯ އަންނަމަހު ބާއްވަން ނިންމައިފިއެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ 11 އިން 13 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓު 13،12،11 ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ގައި 50 ފަރާތެއް ބައިވެރިވާއިރު، އޭގެތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތައް ހިމެނެއެވެ. އަދި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކާއި މެރިން ފުޑްސް އުފައްދާ ފަރާތްތަކުން ބައިވެރިވާ މި އެކްސްޕޯ ގެ މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.