
ރާއްޖޭގައި ދިރުއުޅޭ ލަންކާ މީހުން ކުރަމުންދިޔަ ހަމަހިމޭން މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.
އެ މީހުން މުޒާހަރާ ކުރަން ފެށީ ސްރީލަންކާގެ ރައީސް ގޮޓަބާޔާ ރާޖަޕަކްސްއަށް ރާއްޖެއިން ހިމާޔަތް ދީގެން އުޅޭތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.
ކާނިވާ ސަރަހައްދަށް ލަންކާ ރައްޔިތުން އެއްވުމާ އެކު ދިވެހި ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ.
ސްރީލަންކާ ދިދަ އާއި ބެނަރތައް ހިފައިގެން ކުރަމުންދިޔަ ހަމަހިމޭން މުޒާހަރާގައި ބޭނުންކުރި ތަކެތި ވެސް މިހާރުވަނީ ފުލުހުން އަތުލާފައެވެ.