
ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިމިނަތު ޒާރާ ރިޔާޒު ހޯދީ ފުލުހުންނެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހޯދަމުން ދިޔަ ޒާރާ ފެނުނުކަން ޢާއިލާގެ ފަރާތުން ވެސް ބައެއް ނޫސްތަކަށް ވަނީ ބުނެފައެވެ.
ފުލުހުން ވެސް ބުނެފައިވަނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ހާލު ވެސް ރަނގަޅު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.