
ކ. މާފުށި ބޭރުން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ދޯނީގެ ބައި އޮޔާދަނީ މާފުށި ބޭރުން 2 ނޯޓިކަލް މޭލު އިރުން ކަމަށާއި ދޯންޏެއްގެ ބައެއް އޮޔާދަނީ މާފުށީގެ އިރުމައްޗަށް ވާގޮތަށް ކަމަށެވެ.
އެހެންވީމާ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ. ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.