
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެއެވެ.
ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެއް ފައުންޑަރ ގޯގޯ ލަތީފް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ.
އެމްޑީޕީ އުފެއްދުމުގައި އެންމެއިސްކޮށް އުޅުއްވި ލަތީފް ސިޔާސީ ދާއިރާއާއި އެމްޑީޕީގެ ހަރަކާތްތަކާ ވެސް ދުރުވެ ދިރުއުޅުއްވަމުން ގެންދެވީ ސްރީލަންކާގައެވެ.