ގާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ގާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

އެއީ އޭނާއަށް ތުހުމަތު ކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގެ ތަހުގީގާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއެއްގައި ނާޒިމް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނުގެންދާއިރު، ގިނަ ބަޔަކު ދަނީ އޭނާ ހިފަހައްޓާ ހައްޔަރު ކުރުމަށް ވެސް ގޮވާލަމުންނެވެ.

އެ މައްސަލައިގާ ފުލުުހުންގެ އިދާރާއަށް ވެސް ނާޒިމް ހާޒިރުކޮށްފައިވާ އިރު، އޭނާގެ ޓްވޮޓަރ އެކައުންޓު މިހާރުވަނީ ޑިއެކްޓިވް ކޮށްފައެވެ. އަދި ނާޒިމް، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއް ވެސް ފުލުހުން ބަލަމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.