1442 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ އަދަދަކީ 3000 ރުފިޔާ

1442 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ.

މިއީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ 8959 (އަށްހާސް ނުވަސަތޭކަ ފަންސާސް ނުވައެއް) މީހުންގެ ތެރެއިން ބޮލަކަށް ޖެހުނު އަދަދެވެ.

1442ވަނަ އަހަރުގެ މުދަލުޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުން ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) އެފަރާތްތަކުގެ އެކައުންޓްތަކަށް ވަނީ ޖަމާކުރެވިފައެވެ.

މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރެވުނު އަހަރެވެ. މީގެ ކުރީ އަހަރުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ، 1440 ވަނަ އަހަރު 2000 (ދެހާސް ރުފިޔާ)، އޭރު ފަޤީރުންގެ އަދަދަކީ 10944 (ދިހަހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) އެވެ.

1441 ވަނަ އަހަރު ފަޤީރުންގެ ގޮތުގައި 7778 (ހަތްހާސް ހަތްސަތޭކަ ހަތްދިހަ އަށެއް) މީހުން ތިބިއިރު ބޮލަކަށް ޖެހުނީ 2700 (ދެހާސް ހަތްސަތޭކަ ) ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.