ރައީސް ސާލިހު ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ސޯލިހު މީޑިއާތަކާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށެވެ.

ރައީސް ސާލިހު، ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާއިރު، އެމަނިކުފާނު މީޑިއާތަކާއި ބައްދަލުނުކުރައްވާ ގިނަ ދުވަސްތަކެއްވެފައިވާތީ ބައެއް މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ އެންމެ ފަހުން ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

އެހެންކަމުން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ 300 ދުވަހަށްފަހު އެމަނިކުފާނު ބާއްވަވާ ފުރަތަމަ އެފަދަ ބައްދަލުވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.