ތިލަމާލެ ބުރިޖަކީ ދައުލަތަށް އޮތް މާލީ ބުރައެއް - އެއީ މިވަގުތަށް އެޅުން ލާޒިމު ބުރިޖެއް ނޫން : ރައީސް ޔާމީން

ތިލަމާލެ ބުރިޖަކީ ދައުލަތަށް އޮތް މާލީ ބުރައެއް ކަމަށެވެ. އަދި އެ ބުރިޖަކީ މިވަގުތަށް އެޅުން ލާޒިމު ބުރިޖެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަޅަމުން އަންނަ ތިލަމާލެ ބުރިޖު ނުނިންމޭނެ ކަމަށާއި ބަޔަކު އަދި ބުރިޖު އެޅިޔަސް، ބުރިޖު އަޅާކަށް ނުޖެހޭ ކަމަށެވެ.

ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާގެ 142 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހެދި ސިނަމާލެ ބުރިޖުގެ ސަބަބުން އެތައް ބަޔަކަށް އޭގެ މަންފާ ކުރާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބުނު ނަމަ، ތިލަމާލެ ބުރިޖު ޗައިނާގެ ހިލޭ އެހީގައި އަޅައިދޭން އެގައުމުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސޮއި ކޮށްފައިވާއިރު، މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.