
ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ސަސްޕެންޑްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ހާމަކުރެއްވިނަމަވެސް އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރައްވައެވެ. ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ރިޔާޒް މައިގަނޑު ގޮތެއްގައި ބަލަހައްޓަމުން ގެންދަވަނީ އެ ދާއިރާގެ ޢުމްރަނީ މަސައްކަތްތަކުގެ ކަންކަމެވެ.