ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީ އާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި ދެމެދު ވެވުނު މި ފަހުމުނާމާއަކީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އަންނަ މީހުންނަށް ބޭނުންވާނެކަމަށް ފެންނަ ޚިދުމަތްތަކާއި ވަޞީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް ވެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ މަޢުލޫމާތު ޖެންޑަރ މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި ފޯރުކޮށްދޭ މަޢުލޫމާތު ބަލައިގަނެ، އެ މަޢުލޫމާތުގެ މައްޗައް ޢަމަލުކުރުމާ ގުޅޭގޮތުން، ޕީޖީ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.

މި ފަހުމުނާމައިގާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.