ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ބާއްވާ ދުވުމުގެ ޓީޝާޓް ފަރުމާކުރުމަށް ހުޅުވާލައިފި

ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެ ތަމްސީލުކުރި ޓީމާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ބާއްވާ ދުވުމުގެ ޓީޝާޓް ފަރުމާކުރުމަށް ހުޅުވާލައިފިއެވެ.

ހިލޭ ކޮށްދޭންޖެހޭ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ މެއި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން media@somaldives.org  އަށް ޓީޝާޓް ޑިޒައިން މެއިލް ކުރުމަށް އެސްއޯއެމް އިން ވަނީ އެދިފައެވެ.

އެސް-އޯ މޯލްޑިވްސް އިން ބާއްވާ ދުވުމުގެ (ޔުނިފައިޑް ރަން) ގެ ޓީޝާޓް ޑިޒައިން ކުރާއިރު، ރަތް، ހުދު އަދި ނޫ ކުލަ އަށް އިސްކަންދީގެން ޑިޒައިން ކުރުމަށް އެސްއޯއެމް އިން އެދިފައިވެއެވެ.

އެސްއޯއެމް އިން ބުނީ މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް-އޯމޯލްޑިވްސްގެ ޓެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އިބްރާހީމް ރަމީޒް 7776863 އާ ގުޅުމަށް އެދޭ ކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.