ދުޢާކުރުމުގެ އަދަބުތައް

ލައިލަތުލްޤަދްރި ވިލޭރެއަކީ، އެ ރޭގެ މަތިވެރި ދަރުމައާއި ސަވާބު ލިބުންއެދި، ގިނަގިނައިން ދުޢާކޮށް، اللَّهُގެ ޙަޟުރަތަށް ގިނަބަޔަކު ކުއްތަންވެ، އިބްތިހާލުވާ ރެއެކެވެ. މިފަދަ މަތިވެރި ރެއެއްގައި ތިމާމެންނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިދެއްވުންއެދި، ދުޢާކުރަމުން ދާހިނދު، ކޮންމެ މީހަކުވެސް އެ ކަންކަމަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ނުވަތަ އަދަބުތަކެއްވެއެވެ.

ތިރީގައި އެ ވަނީ މިގޮތުން ފާހަގަކޮށްލެވޭ ބައެއް މުހިއްމު އަދަބުތަކެވެ. މި ލިޔުން ތައްޔާރުކޮށްފައިވަނީ އައްޝައިޚު ސައްޔިދު ސާބިޤު ރަޙިމަހުاللَّهُ، އޭނާގެ މަޝްހޫރު ފޮތް، [ފިޤްހުއްސުންނާ] ގައި ލިޔުއްވާފައިވާ ލިޔުއްވުމުންނެވެ. މީގެތެރެއިން ބައެއް އަދަބުތަކާ ބެހޭގޮތުން އޭނާ ލިޔުއްވާފައިވާ ބައެއް ދަލީލު ގެނެސްފައި ވާނެއެވެ. މި އަދަބުތަކުގެތެރެއިން ތިމާގެ ދުޢާ އިޖާބަކުރެއްވުން އެދޭ ކޮންމެ މީހަކު، އެންމެ އިސްކަމެއްދޭންޖެހޭ ކަމަކީ، ތިމާގެ ކާބޯތަކެއްޗާއި، ލައިއުޅޭ ފޭރާމަކީ ޙަލާލުގޮތުގައި ހޯދާފައިވާ ޙަލާލު ތަކެތިކަމުގައިވުމެވެ. ބައްލަވާ! (1)

(ހ) ޙަލާލު ތަކެތި ބޭނުންކުރުން.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِىَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ: {أَيُّهَا النَّاسُ، إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ: {يَاأَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ}  (سُورَةُ الْمُؤْمِنُون: 51) وَقَالَ:{يَاأَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} (سُورَةُ الْبَقَرَة: 172)  ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ، يَمُدُّ يَدَيْهِ إِلَى السَّمَاءِ، يَا رَبِّ، يَا رَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟}  (رَوَاهُ مُسْلِمُ) (2) މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. {އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން اللَّهُ ތަޢާލާ (ހުރިހާ އުނިކަމަކާއި ޢައިބުތަކުން) ހުސްޠާހިރުވެވޮޑިގެންވެއެވެ. އެކަލާނގެ ޠާހިރު ރަނގަޅު އެއްޗެއް މެނުވީ ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން، اللَّهُ، އެކަލާނގެ ރަސޫލުންނަށް އަމުރުކުރެއްވި ކަންތަކަށް މުއުމިނުތަކުންނަށް ވެސް އަމުރުކުރައްވާފައި ވެއެވެ. ފަހެ، އެކަލާނގެ ވަޙީކުރެއްވިއެވެ.  {يَاأَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ މާނައީ: {އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.} އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. {يَاأَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} މާނައީ: {އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!} (ދެން އެއަށްފަހު އެކަލޭގެފާނު ބަޔާންކުރެއްވިއެވެ.) {މީހަކު ދުރު ދަތުރެއްކޮށްފައި އަންނަ އިރު، އޭނާ ހުންނަހުށީ ބޯ ހޭވިފައެވެ. މުޅި މީހާގެ ގަޔަށް ހިރަފުސް ބުރައިފައެވެ. އެ ޙާލުގައި އޭނާ އުޑާދިމާއަށް މައްޗަށް ދެ އަތް އުފުއްލައިގެން ހުރެ، އޭ އަޅުގެވެރި ރަސްކަލާކޯއެވެ! އޭ އަޅުގެވެރި ރަސްކަލާކޯއެވެ! (މި އަޅާއަށް އެވެނިކަމެއް ހިންމަވައިދެއްވާނދޭވެއެވެ.) ކިޔައި ދުޢާކުރެއެވެ. އެކަމަކު އޭނާގެ ކެއުމަކީ، ޙަރާމް ތަކެއްޗެވެ. އޭނާގެ ބުއިމަކީ، ޙަރާމް ތަކެއްޗެވެ. އޭނާ ލައިގެން ހުރި އަންނައުނަކީ ޙަރާމްގޮތުގައި ހޯދައިފައިވާ ތަކެއްޗެވެ. އޭނާގެ ހަށިގަނޑުގައިވަނީ، ޙަރާމް ތަކެތިން އުފެދިފައިވާ ލެޔެވެ. ފަހެ، އެފަދަ މީހަކަށް އިޖާބަކުރެއްވޭހުށީ ކޮންފަދައަކުން ހެއްޔެވެ؟}

(ށ) ކުޅަދާނަވެގެންވަނީނަމަ ޤިބުލައަށް ކުރިމަތިލުން.

(ނ) މަތިވެރި ވަގުތުތަކާއި އެފަދަ ޙާލަތަށް އިސްކަންދިނުން.

ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި، މަތިވެރި ވަގުތުތަކާއި އެފަދަ ޙާލަތްތަކަށް އިސްކަންދިނުން ހިމެނެއެވެ. މިސާލަކަށް ޢަރަފާތު ދުވަހާއި، ރަމަޟާންމަހާއި، ހުކުރު ދުވަހާއި، ރޭގަނޑުގެ ތިންބައިކުޅަ ފަހުބަޔާއި، ފަތިސްވަގުތާއި، ސަޖިދާގައި އޮންނަ ވަގުތާއި، ވާރޭވެހޭ ވަގުތާއި، ބަންގިއާއި ޤަމަތާ ދެމެދުގެ ވަގުތާއި، ޖިހާދުގެ މައިދާނުގައި މުސްލިމުންނާއި ކާފިރުންނާ ދެ ބައިމީހުން ބައްދަލުވާ ވަގުތާއި، ކަންބޮޑުވުމާއި ހާސްކަމުގެތެރޭގައި، ހިތަށް ހަމަޖެހުމާއި މަޑުމޮޅިކަން އިޙްސާސްކުރެވޭ ވަގުތުފަދަ ވަގުތުތަކަކީ ދުޢާކުރުމަށް ޚާއްޞަ ވަގުތުތަކެވެ.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫއުމާމަތުގެފާނުގެ އަރިހުން ރަނގަޅު، ސަނަދަކުން އަލްއިމާމުއް ތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي أُمَامَةَ  رَضِىَ اللهُ عَنْهُ، قَالَ: قِيلَ لِرَسُولِ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ، أَيُّ الدُّعَاءِ أَسْمَعُ؟ قَالَ: {جَوفُ اللَّيلِ الآخِرُ، وَدُبْرَ الصَّلَوَاتِ الْمَكْتُوبَاتِ.} (رَوَاهُ التِّرْمِذِيُّ) (3) މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫއުމާމަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ އަރިހުގައި ދެންނެވުނެވެ. އެންމެބޮޑަށް ޤަބޫލުކުރެއްވެނީ، ކޮންވަގުތެއްގެ ދުޢާއެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. {މެންދަމުގެ ފަހުބައިގައި ކުރެވޭ ދުޢާ އާއި، ފަރުޟު ނަމާދަށްފަހު ކުރެވޭ ދުޢާއެވެ.}

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމާއި، އަލްއިމާމު އަބޫދާވުދާއި، އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِىَ اللهُ عَنْهُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ قَالَ:  {أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ، وَهُوَ سَــــاجِدٌ، فَأَكْثِرُوا الدُّعَاءَ.} (رَوَاهُ مُسْلِمُ) (4)   މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އަޅާ އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތާ އެންމެ ކުއްތަންވުން ބޮޑީ، އޭނާ ސަޖިދާގައި އޮންނަ ހިނދެވެ. ފަހެ، ތިޔަބައިމީހުން (ސަޖިދާގައި) ދުޢާކުރުން ގިނަކުރާހުށިކަމެވެ.}

(ރ) اللهُ އަށް ޙަމްދުސަނާ ދަންނަވައި، ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އަށް ޞަލަވާތް ކިޔެވުން.

ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި، ދުޢާކުރުމަށް ފެށުމުގެ ކުރިން، اللهُ އަށް ޙަމްދު ސަނާ ދަންނަވައި، މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އަށް ޞަލަވާތްކިޔެވުންވެއެވެ. އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި ފަޟާލަތު ބުނު ޢުބައިދުގެ އަރިހުން އަލްއިމާމު އަބޫދާވުދާއި، އަލްއިމާމުއް ތިރްމިޛީ ޞައްޙަ ސަނަދަކުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ فَضَالَةَ بْنِ عُبَيْدٍ رَضِىَ اللهُ عَنْهُ، قَالَ: سَمِعَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ رَجُلاً يَدْعُو فِى صَلاَتِهِ لَمْ يُمَجِّدِ اللهَ تَعَالَى، وَلَمْ يُصَلِّ عَلَى النَّبِىِّ صَلَّى اللهُ عَلَيهِ وَسَلَّمَ ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ: {عَجِلَ هَذَا.}، ثُمَّ دَعَاهُ، فَقَالَ لَهُ أَوْ لِغَيْرِهِ، {إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَمْجِيدِ رَبِّهِ سُبْحْانَهُ، وَالثَّنَاءِ عَلَيْهِ، ثُمَّ يُصَلِّى عَلَى النَّبِىِّ صَلَّى اللهُ عَلَيهِ وَسَلَّمَ ، ثُمَّ يَدْعُو بَعْدُ بِمَا شَاءَ.} (رَوَاهُ أَبُوْدَاوُدَ) (5)  މާނައީ:  [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި ފަޟާލަތު ބުނު ޢުބައިދުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. (އެއް ފަހަރަކު) މީހަކު ނަމާދުކޮށްގެން ދުޢާކުރާ އަޑު ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ އަށް އިވިވަޑައިގަތެވެ. އޭނާގެ ދުޢާގައި، اللهُ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ޘަނާއެއް ނުދަންނަވައެވެ. އަދި މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ މައްޗަކަށް ޞަލަވާތެއް ނުކިޔަވައެވެ. (އެ ހިނދު) ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {މީނާ އަވަސްވެގަތީތާއެވެ!} އެއަށްފަހު، އޭނާ އަށް ވިދާޅުވެ އަރިހަށް ގެންނަވައި، އޭނާއަށް ނުވަތަ އެހެން މީސްތަކުންނަށް ވިދާޅުވެ އެންގެވިއެވެ. {ތިޔަބައިމީހުން ކުރެ މީހަކު ދުޢާ ކުރާނަމަ، އެންމެ ފުރަތަމަ އޭނާގެ ރައްބު، اللهُ ސުބުޙާނަހޫވަތަޢާލާއަށް ޙަމްދު ޘަނާ ދަންނަވާށެވެ. އެއަށްފަހު، ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. އޭގެފަހުގައި، އެ މީހަކު އެދޭ (ހުއްދަ) ކޮންމެ ކަމަކަށް އެދި، (اللهُ ގެ ޙަޟުރަތުގައި) ދުޢާ ދަންނަވާށެވެ!}

(ބ) ހިތް ޙާޟިރުކޮށް، މަޑުމޮޅިކަމާއެކު ދުޢާކުރުން.

اللهُ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، މަޑުމޮޅިކަމާއި، ބިރުވެތިކަމާއި، ވަންހަނާ ގޮތުގައި، ދުޢާކުރުމަށް އަމުރު ކުރައްވައި، اللهُ ވަޙީކުރައްވާފައިވެއެވެ. {وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلًا} (6) މާނައީ: {އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅު ނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ގަސްތު ކުރައްވާށެވެ!}

މިފަދަ އެހެން އާޔަތެއްގައި اللهُ ވަޙީކުރައްވާފައިވެއެވެ. {ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ} (7) މާނައީ: {މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައި މީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.}

(ޅ) ފާފައަކަށް، ނުވަތަ ރަޙިމުގެގުޅުން ކަނޑައިގަތުމަށް ނޭދުން.

ފާފައަކަށް އަރައިގަތުމަށް އެދިގެން، ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިގަތުމަށް އެދިގެން ދުޢާކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދުރީގެ އަރިހުން (ރަނގަޅު ސަނަދަކުން) އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي سَعِيدٍ أَنَّ النَّبِيَّ صَلَّى اللهُ عَلَيهِ وَسَلَّمَ قَالَ: {مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ، إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا.} قَالُوا: إِذًا نُكْثِرُ، قَالَ: {اللهُ أَكْثَرُ.} (رَوَاهُ أَحْمَدُ) (8)   މާނައީ: [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދުރީ ވިދާޅުވިއެވެ. ހަމަކަށަވަރުން، މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {މުސްލިމަކު ދުޢާއެއް ކުރާހިނދު އެއީ، ފާފައަކަށް އަރައިގަތުންއެދި، ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިގަތުންއެދި ކޮށްފި ދުޢާއެއް ކަމުގައި ނުވަނީނަމަ (ދަންނާށެވެ!) އެ މީހަކަށް ތިން ކަމަކުންކުރެ ކަމެއް اللهُ ތަޢާލާ ނުދެއްވައި ނުދާހުއްޓެވެ. އެހެންޏާ އެ މީހަކު އެދުނު ކަންތައް އަވަސްގޮތަކަށް އެ މީހަކަށް ހިންމަވައިދެއްވާނެތެވެ. އެހެންޏާ އާޚިރަތްދުވަހުން އޭނާއަށް އޭގެ ބަދަލު ދެއްވުމަށްޓަކައި އެ ކަންތައް ފަސްކުރައްވައިފާހުއްޓެވެ. އެހެންޏާ އޭނާ އެ އެދުނު ކަންތަކާ އެއްފަދަ ގެއްލުމެއް، ނުބައިކަމެއް އޭނާގެކިބައިން ދުރުކޮށްދެއްވާ ހުއްޓެވެ.} އަޞްޙާބުން ދެންނެވޫއެވެ. އެހެންވިއްޔާ އަޅުގަނޑުމެން ގިނަގިނައިން ދެންނެވުން ކިހިނެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. {އިޖާބަކޮށްދެއްވުމުގައި اللهُ ތަނަވަސް ވަންތަކަންބޮޑެވެ.}

(ކ) ދުޢާއިޖާބަވުން ލަސްވެ، ނާއުއްމީދު ނުވުން.

(އ) އިޖާބަކުރައްވާނެކަމުގެ ޔަޤީންކަމާއެކު ދުޢާކުރުން.

(ވ) ދުޢާކުރުމުގައި، ހުރިހާކަމަކަށް ޝާމިލު ޢިބާރާތްތައް އިޚްތިޔާރުކުރުން.

اللهُ ވަޙީކުރައްވާފައިވެއެވެ. {رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ} (9)  މާނައީ: {އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ.}

އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި މިކަން ބަޔާންވެގެންވެއެވެ. عَنْ أَنَسٍ رَضِىَ اللهُ عَنْهُ، قَالَ: كَانَ أَكْثَرُ دُعَاءِ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ: {اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ.} (رَوَاهُ الْبُخَارِيُّ، وَمُسْلِمٌ) (10)    މާނައީ: [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އެންމެ ގިނައިން ކުރައްވާ ދުޢާއަކީ، {ހައްދަވައި ބޮޑުކުރެއްވި  އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައިވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެއެވެ.} މި ދުޢާއެވެ.

(މ) ތިމާގެ އަމިއްލަ ނަފުސާއި، މުދަލާއި، ދަރިންނަށް ބަދުދުޢާ ނުކުރުން.

އެ ދެ ބަފައިކަލުންނަށް اللهُ ރުއްސުންލެއްވި ޢަބްދު اللهِގެފާނުގެ ދަރިކަލުން ޖާބިރުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ جَابِرِ بْنِ عَبْدِ اللهِ رَضِىَ اللهُ عَنْهُمَا،  فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ: {لَا تَدْعُوا عَلَى أَنْفُسِكُمْ، وَلَا تَدْعُوا عَلَى أَوْلَادِكُمْ، وَلَا تَدْعُوا عَلَى أَمْوَالِكُمْ، لَا تُوَافِقُوا مِنَ اللهِ سَاعَةً يُسْأَلُ فِيهَا عَطَاءٌ، فَيَسْتَجِيبُ لَكُمْ.} (رَوَاهُ مُسْلِمٌ) (11)   މާނައީ: [އެ ދެ ބަފައިކަލުންނަށް اللهُ ރުއްސުންލެއްވި ޢަބްދު اللهِ ގެފާނުގެ ދަރިކަލުން ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ތިޔަބައިމީހުން އަމިއްލަ ނަފުސަށް ބަދުދުޢާ ނުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މައްޗަށް ވެސް ބަދުދުޢާ ނުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ވެސް ބަދުދުޢާ ނުކުރާހުށިކަމެވެ. ފަހަރުގައި اللَّهُގެ ޙަޟުރަތުން ތިޔަބައިމީހުން ކަމަކަށް އެދި ދެންނެވުމުން، އެކަލާނގެ، އެ ކަމެއް އިޖާބަ ކޮށްދެއްވާ ވަގުތަކާ ބައްދަލުވެދާނެކަމަށްޓަކައެވެ. ފަހެ، އެ ހިނދު، އެކަލާނގެ ތިޔަބައި މީހުންކުޅަ ދުޢާ އިޖާބަކުރައްވައިފާހުއްޓެވެ.} (އެބަހީ: ބަޔާންވެ ދިޔަ ފަދަ އެއްވެސް ފަރާތަކަށް (އަދި އެއްވެސް މުސްލިމެއްގެ މައްޗަށް ވެސް) ބަދުދުޢާއެއް ނުކުރަންވީ، އެ ދުޢާކުރެވުނު ވަގުތަކީ، ދުޢާ އިޖާބަކުރައްވަނިވި ވަގުތެއްކަމުގައިވެ، އެ ކުރެވުނު ބަދުދުޢާ، މާތް اللَّهُ އިޖާބަ ކުރައްވައިފާނޭ ކަމަށްޓަކައެވެ.)

(ފ) ދުޢާކުރުމުގައި ތިން ފަހަރު ތަކުރާރުކުރުން.

(ދ) ދުޢާކުރުމުގައި ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު އިސްކުރުން.

އެހެން މީހަކަށް ނުވަތަ ބަޔަކަށް ދުޢާކޮށްދިނުމުގައިވިއަސް އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު އިސްކޮށް ދުޢާކުރުމަށް އަމުރުވެވިގެންވެއެވެ. ކީރިތިޤުރްއާނުގައި މާތް اللهُ ވަޙީކުރައްވާފައިވެއެވެ. {رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ} (12)  މާނައީ: {އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަ ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.}

އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އުބައްޔު ބުނު ކަޢުބުގެ އަރިހުން ޞައްޙަ ސަނަދަކުން އަލްއިމާމުއް ތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أُبَيِّ بْنِ كَعْبٍ رَضِىَ اللهُ عَنْهُ، قَالَ: “كَانَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ إِذَا ذَكَرَ أَحَدًا فَدَعَا لَهُ بَدَأَ بِنَفْسِهِ.” (رَوَاهُ التِّرْمِذِيُّ) (13)  މާނައީ: [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އުބައްޔު ބުނު ކަޢުބުގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު  اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ އެއްވެސް މީހަކަށް ދުޢާކޮށްދެއްވަނީ ނަމަ، އެންމެ ފުރަތަމަ އެކަލޭގެފާނުގެ އަމިއްލަފުޅު ނަފުސަށް ދުޢާކުރައްވައެވެ.]

 ޔާ اللهُ، އަޅަމެންނަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާ ގުޅިގެން މެދުވެރިވަމުންދާ އެންމެހައި ގެއްލުންތަކުން މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާނދޭވެ! ދެބަސްވުންތަކާއި ފިތުނަވެރިކަމުގެ ގެއްލުންތަކުން މުސްލިމުން ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނަށް ގަދަކަންދެއްވައި، ދީނުގެ ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީނާއި މުސްލިމުން ސަލާމަތްކުރައްވައި، އިސްލާމްދީން ނަޞްރުވެރި ކުރައްވައި މަތިވެރިކުރައްވާނދޭވެ! އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގަށް ތައުފީޤުދެއްވައި އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވާނދޭވެ! އާމީން!!

____________________________

ޙަވާލާތައް

(1) سيد سابق. (1418ه/1998م). فقه السنة، (ط1). القاهرة: دارالفتح للإعلام العربى. ج 2. ص 121.

(2) مسلم بن الحجاج.  المسند الصحيح المختصر. مرجع سابق.كِتَاب الزَّكَاةِ، بَابُ قَبُولِ الصَّدَقَةِ مِنَ الْكَسْبِ الطَّيِّبِ وَتَرْبِيَتِهَا، برقم: 65 – (1015). ج 2. ص 703.   

(3) الترمذي، الجامع الصحيح سنن الترمذي. مرجع سابق. كتاب الدعوات، باب. برقم: (3499). ج 5. ص 526.  

(4) مسلم بن الحجاج.  المسند الصحيح المختصر. مرجع سابق. كِتَابُ الصَّلَاةِ، بَابُ مَا يُقَالُ فِي الرُّكُوعِ وَالسُّجُودِ، برقم: 215 – (482). ج 1. ص 350. 

(5) أبو داود، سنن أبي داود. مرجع سابق. كتاب الصلاة، باب الدعاء. برقم: (1481). ج 2. ص 605.

(6) (سُورَةُ الإِسْرَاء: 110)  

(7) (سُورَةُ الأَعْرَاف: 55)

(8) ابن حنبل، مسند أحمد بن حنبل. مرجع سابق. برقم: (11133). ج 17. ص 213.

(9)  (سُورَةُ البَقَرَة: 201) 

(10) البخاري، الجامع المسند الصحيح للبخاري. مرجع سابق. كِتَابُ الدَّعَوَاتِ، بَابُ قَوْلِ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ: {رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً}، برقم: (6389). ج 8. ص 83. ، وَ  مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق. كتاب الذِّكْرِ وَالدُّعَاءِ وَالتَّوْبَةِ وَالِاسْتِغْفَارِ، بَابُ فَضْلِ الدُّعَاءِ بِاللهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ، برقم: 27 – (2690). ج 4. ص 2070. 

(11) مسلم بن الحجاج.  المسند الصحيح المختصر لمسلم. مرجع سابق.كِتَابُ الزُّهْدِ وَالرَّقَائِقِ، بَابُ حَدِيثِ جَابِرٍ الطَّوِيلِ وَقِصَّةِ أَبِي الْيَسَرِ، برقم: (3009). ج 4. ص 2304.

(12) (سُورَةُ الْحَشْر: 10)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.