
ޢުމްރާއަށް ދިޔަ 76 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ބ. އޭދަފުށީ، މާބަގީޗާގޭ އަބޫބަކުރު ހަސަން (ބަކުރުބޭ) އެވެ.
އޭނާ ނިޔާވެފައިވަނީ ހަރަމްފުޅުގައި ފަތިސް ނަމާދު ކުރުމަށް ފަހު ހައްޖުވެރިން ތިބޭ ހޮޓަލަށް އައިފަހުން ކުއްލި ގޮތަކަށެވެ.
ބަކުރުބޭ ޢުމްރާގެ އަޅުކަމަށް ގޮސްފައިވަނީ އަންހެނުންނާއި ހުރިހާ ދަރިންނާއި ބައެއް ކާފަ ދަރިންނާ އެކު މުސާފިރީން އުމްރާ ގުރޫޕާއެކުގައެވެ. ބަކުރުބޭ ޢުމްރާއަށް ފުރީ މި މަހުގެ 17 ވަނަ ދުވަހުއެވެ.