
ހުޅުމާލޭ ދެވަނަ ފިޔަވަހިން މޫދަށް އެރުނު މީހަކު އޮޔާ ދަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ އޮޔާ ދަނިކޮށް ފެނުނީ މިއަދު މެންދުރު 1:05 ހާއިރު ކަމަށާއި އެމީހާ އޮޔާ ދަނިކޮށް ފެނުނީ ބަނާނާ ރީފް ކައިރިން ކަމަށެވެ.
ބަނާނާ ރީފްއަކީ އޭނާ މޫދަށް އެރުނު ސަރަހައްދާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ ފަރެކެވެ.
މެރިން ޕޮލިހުން ބުނީ ފުލުހުންގެ ލޯންޗުގައި އޭނާ ހުޅުމާލެއަށް ގެންގޮސް ހުޅުމަލޭ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.