
ނައިބު ރައީސް ފައިސަލް ނަސީމް، ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެ ސިޓީގައި 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ޤުރުއާނާއިބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.