
ގަލޮޅުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ޙާދިސާ ހިނގާފައިވަނީ ގަލޮޅު ނިއު ކޮލަމްބިއާ ނަމަކަށް ކިޔާ ގެއަކާ އިންވެގެންހުރި ގަރާޖެއްގައިކަމަށެވެ.
އެ ހާދިސާގެ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:26 ހާއިރު ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 16:53 ހާއިރުކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
އެހެންނަމަވެސް އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދިނޭނގެއެވެ.
އެމްއެންޑީއެފް އިން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވާ ކަމަށާއެނ އެހެންނަމަވެސް އަލިފާނުގެ ސަބަބުން ގަރާޖުގައި ހިފައިގެންގުޅޭ ސާމާނަށާއި އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި ގަރާޖް ކުރިމަތީ ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.