
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ހަސަން ރުޝްދުﷲ ނަމަކަށް ކިޔާ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މާރޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ މިހައިތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.