ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އދ. އަތޮޅުގެ ރިސޯޓެއްގައި ކަމަށެވެ.

ނަަވެސް އެއީ ކޮން ރިސޯޓެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއަކު ގެނބިގެން އުޅޭކަމަށް މިއަދު 12:11 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ފަތުރުވެރިޔާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައިވަނީ ޢުމުރުން 30 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.