
ހުޅުމާލޭގައި ހިނގި މާރާމާރީގައި ޒަޚަމްވި ބިދޭސީ މީހާ މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެއީ ބަންގްލަދޭޝް މީހެއް ކަމަށެވެ.
ހުޅުމާލެ ރެސްޓޯރަންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިގެން މިހާރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނީ މިއަދު އިރުއޮއްސެމުން ދަނިކޮށެވެ. އަދި އެ ހާދިސާގައި ޒަޚަމްވި މީހާ މަރުވުކަން ހާމަކޮށްފައިވަނީ ދާދި ދެންމެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ކާންޖީ ރެސްޓޯރެންޓުގައެވެ. އަދި މި މާރާމާރީ ހިނގީ އެތަނުގެ ޝެފް ޕާކިސްތާނު މީހަކާއި ވެއޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްގެ ދެމެދުގައެވެ.