
ރިސޯޓެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމަށެވެ. އަދި އެއީ ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ކަމަށެވެ.
އެމީހާ އަކީ ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކް ކައިރީގައި މަސައްކަތް ކުރަން އުޅުނު މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު 6:54 އެހާކަންހާއިރު ކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.