ސަމާސާއަކަށްހަދާފައި ނަމަވެސް ދޮގާއި މަކަރު ހަދައި އޮޅުވައިލުމަކީ، ފަހުން އެކަމާ ހިތާމަކުރަންޖެހޭނެ ކަމެކެވެ. އެއްވެސްކަމަކީ އޭގެ އަޞްލު އޮޅުވައިލުމުން، އެކަމުން ކުޑަނަމަވެސް ރަނގަޅެއް ނުކުންނާނެ ކަމެއްނޫނެވެ. " ސާރިދޯޅުގެ އަޑުންގޮވާ ކުއްޖާ " ގެ ވާހަކަޔަކީވެސް އެފަދަ ވާހަކައެކެވެ.
ސާރިދޯޅުގެ އަޑުންގޮވާ ކުއްޖާއަކީ، ކަންބަޅިބަކަރި ހުއިހައްޕައި ގެންގުޅެ ބަލައި ބޮޑުކުރާ ކުއްޖެކެވެ. އެއްދުވަހަކު، މިކުއްޖާގެ ބޮލަށް ޝައިޠާނާ ސަވާރުވެ ވަސްވާސް ލައިދިނެވެ. ފޫހިވި ވަގުތުކޮޅެއްގައި، އަވަށުމީހުން ބިރުގަންނަވައިލާން އެކުއްޖާ ހިތަށް އެރިއެވެ. އެކުއްޖާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ރޯންފެށިއެވެ.
"ކޮންމެވެސް މީހަކު އެހީވާށެވެ! ޖަންގަލީ ސާރިދޯޅެކެވެ. ޖަންގަލީ ސާރިދޯޅެކެވެ." އެކުއްޖާ އަޑުން އަޑުނަގައި ރޯންފެށިއެވެ. އަވަށުގެ މީހުންނަށް އެކުއްޖާ ރޯއަޑުއިވުމާއެކު، އެކުއްޖާ ސަލާމަތްކޮށްދިނުމަށްޓަކައި އަވަސްވެގަތެވެ. އެކުއްޖާގާތަށްގޮސް އެމީހުން ސުއާލުކުރިއެވެ. "ސާރިދޯޅު ކޮބައިހެއްޔެވެ؟"
އެވަގުތު، އެކުއްޖާ ބާރަށް ހޭންފެށިއެވެ. "އަހަރެން ކަލޭމެންނާ ސަމާސާ ކޮށްލީއެވެ. ދޮގުހަދައި އޮޅުވައިލީއެވެ." އޭގެ ދުވަސްކޮޅެއްފަހުންވެސް، އެއްދުވަހަކު މިކުއްޖާ އެހެން ހަދައިފިއެވެ. ބިރުވެރި އަޑަކުން، ބާރަށް ރޮއެ ހަޅޭއްލަވައި، އަވަށު އެންމެން އެކުއްޖާގާތަށް ގެންގޮސް އޮޅުވައިލައިފިއެވެ. މިކަމާ، އަވަށުމީހުން، އެކުއްޖާދެކެ ފޫހިވެ ރުޅިއަރައިގަތެވެ. ސަލާމަތްކޮށްދޭށޭ ގޮވައި މަކަރުހަދައި އޮޅުވައިލައިގެން މިކުއްޖާ މިގަންނަ ސަކަރާތަކީ، އަވަށުގެ ގިނަބަޔަކަށް ކަމުދާކަމަކަށް ނުވިއެވެ.
އޭގެ ދުވަސްކޮޅެއްފަހެވެ. އެއްދުވަހަކު، އެއްކަލަ ކުއްޖާ، ބިރުވެރި އަޑަކުން ކޮންމެވެސް މީހަކު އެހީވެދޭށޭ ގޮވައި ރޯއަޑު އިވިއްޖެއެވެ. އަވަށުމީހުންގާތަށް މިފަހަރު އައީ ހިންޏެވެ. އެކަމަކު، މިފަހަރު އެކަން ދިމާވީ އިދިކޮޅަށެވެ. އެއްވެސް މީހަކު ނައިމަ، އެކުއްޖާ ދުވެގޮސް އަވަށުމީހުންގާތު ބުންޏެވެ. "ކުރިން އަހަރެންހެދީ ދޮގެވެ. އެކަމަކު މިފަހަރު މިހަދަނީ ތެދެވެ." އަވަށުމީހުން ދާން ނުދާންތިބެފައި، އޭގެތެރެއިން ބަޔަކުގޮސް ބެލިއިރު، ސާރިދޯޅުއައިސް ޙަމަލާދީ އެތައް ބަކައްޓެއް މަރައިފިއެވެ. މިވާހައިގެ ޙިކުމަތަކީ، އަބަދު ދޮގުހަދާމީހަކު، ތެދެއްހަދާ ފަހަރަކުވެސް، އެއީ ތެދެއްކަމަށް ޤަބޫލުކުރަން އުނދަގޫ ވާނެކަމެވެ. ދޮގަކީ ގެއްލުމާއި ހަލާކުގެ މަގަށް މީހާގެންދާ، އަދި، ﷲ ރުހިވޮޑިގެންނުވާ ފާފަތަކުގެ ތެރެއިން ބޮޑުވެގެންވާ ފާފައެކެވެ.