
ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކޮށްފައިވާ ގޮތުގައި މި ހަމ،ަލައެއް ދިންކަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ހަމަލާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް މިހާރު ގެންދަނީ އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. މި މައްސަލަޔާ ގުޅިގެން ދހިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި ހަމަލާ ދިނީ ކީއްވެގެން ކަމާއި ދިނީ ކާކުކަމާއި އަނިޔާވީ ކާކުކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ހަމަލާ ދިނީ އަތުން ކަމެއް ހަތިޔާރެއްގެ ބޭނުން ކޮށްގެން ކަމެއްވެސް އަނިޔާވީ މީހާއަށް ލިބިފައި ވަނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއްވެސް ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.