ކޮމަންޑޫ ދާއިރާގެ ވޯޓުލުމުގެ ކަންތައް ދިޔައީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުއާދު ވިދާޅުވި ގޮތުގައި މުޅި ވޯޓު ލުމުގެ ނިޒާމު ކުރިއަށް ދިޮޔައީ ރަނގަޅަށެވެ. ސަރުކާރުގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔަ ކަމަށް މީޑިއާގެ ޒަރީއާއިން އަޑު އިވުނު ކަމަށާއި އެކަމަކު އެއީ އިލެކްޝަނަށް މަނާ ކުރުމުގެ ބާރު އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުގައި ސަރުކާރުގެ ހުރިހައި މަޝްރޫއެއް ހުއްޓާލަން ނޭންގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވި ގޮތުގައި އެ ދާއިރާގައި އެއްވެސް ކެންޑިޑޭޓަކު މަޝްރޫއެއް ނުހިންގައެވެ. ކެންޑިޑޭޓަކު އެފަދަ ކަމެއް ކުރިނަމަ އެކަން އިލެކްޝަނަށް މަނާ ކުރެއްވޭނެއެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އިންތިޚާބަށް އަސަރު ކުރާ ކަހަލަ ކަމެއް ނުކުރަން އިލްތިމާސް ކުރައްވާ ކަމަށާއި އެކަމަކު ހުރިހައި ސަރުކާރަކުންވެސް މަޝްރޫއުތައް ހިންގާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެކަމަކު އެއްވެސް ސަރުކާރަކުން އެފަދަ ކަމެއް މަޑު ޖައްސާލަން ނުވަތަ ހުއްޓާލަން އެއްބަސްނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.