
މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު ހާމަކުރައްވާފައިވާ ގޮތުގައި ފެނިފައިވާ މީހަކި އުމުރުން 49 އަހަރުގެ ދިވެއްސެކެވެ. މި މީހާޔާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށް ބުނެފައި ވަނީ މިއަދު ހެނދުނު 8.03 ގައެވެ.
ގޭގޭތެރެއިން އެކަނި ތިބެ މަރުވެފައި ތިބޭ މީހުން ދޭތެރެދޭތެރެއިން މާލެއިން ފެނެއެވެ. މީގެ ތެރެއިން ބައެއް މީހުން މަރުވާ ކަމަށް ފާހަގަ ކުރެވިފައި ވަނީ މަސްތުވާތަކެތީގެ އޯވަޑޯޒް ވެގެންނެވެ.