
އިންޑިއާއިން ހެލިކޮޕްޓަރ އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޢައްބާސް ޢަދިލް ރިޒާ ވިދާޅުވެއްޖެއެވެ. ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ އެއްބަސްވުމުގައި އޮންނަ ގޮތުން ނަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ޕައިލެޓުން ތަމްރީނުކުރުމަށް ފަހު ދެ ހެލިކޮޕްޓަރު ރާއްޖހޭ ނަމަށް ރަޖިސްޓަރީކޮށް މުޅީން ދިވެހިންނާ ހަވާލު ކުރަން ވާނެއެވެ. އެ ގޮތަށް ނަހަދައިފިނަމަ އެއީ އެއްބަސްވުމާ ޚިލާފުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢައްބާސް ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ވެރިކަމުގައި އޮތީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައެވެ. އިތުރަށް އެއްބަސްވުމެއް ބާވަން ބޭނުން ނުވާތީ އޭރު ހެލިކޮޕްޓަރު ދުއްވަން ތިބި ސިފައިންގެ ވިސާ އެ ސަރުކާރުން އާކޮށެއްވެސް ނުދެއެވެ. އެހެންނަމަވެސް އެ މީހުން ނުފައިބާ ތިބީއެވެ. އެކަމަކު މި ސަރުކާރުން އިތުރުކޮށްދިން ދެ އަހަރު ދުވަސް ނިމިގެން ދިޔައިރުވެސް ދިވެހި ޕައިލެޓުންނާ ހެލިކޮޕްޓަރު ދުއްވުން ހަވާލު ނުކުރާ ކަމަށް ޢައްބާސް ޢާދިލް ރިޒާ ވިދާޅުވިއެވެ.