ޖެނުއަރީގެ ޓްރާންފަރ ވިންޑޯ - ރަނުގެ ފުރުސަތެއް

މިފަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯ އަކީ ވަރަށް ގިނަ އަދަދެއްގެ ޕްރިމިޔަރ ލީގް ކްލަބްތަކުގެ ކުޅުންތެރިން އަދި މެނޭޖަރުންގެ މައްސަލަތަށް ހައްލުކުރުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ. މިދިޔަ މަހުއްސުރެ ވަރަށް ގިނަ ލީގް ކުޅުންތެރިން އަދި މެނޭޖަރުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. ވުމާއެކު ގިނަ އަދަދެއްގެ ކުޅުންތެރިންގެ ފިޓްނެސް މައްސަލަތައް ހުރުމުގެ ސަބަބުން އިންޖަރީތައް ގިނަވަމުން ދެއެވެ. މި އިންޖަރީތަކުގެ ސަބަބުން ގިނަ މެޗްތަކެއްގައި ގިނަ ކްލަބުތަކުގެ ކުޅުމަށް ހުރަސް އެޅެއެވެ.

އެހެންނަމަވެސް މި ޓްރާންސްފަރ ވިންޑޯގައި ކްލަބްތަކުން އިންޖަރީގައި ތިބި ކުޅުންތެރިންގެ ބަދަލުގައި އެރުވޭނެ ކުޅުންތެރިން ގެނެވޭނެއެވެ. ޖެނުއަރީ ޓްރާންސްފަރ ވިންޑޯ އަކީ ކޮންމެ ކްލަބަކަށްވެސް މުހިންމު ދަނޑިވަޅެކެވެ. މި ވިންޑޯގައި އަންނަ ނުވަތަ ދާ ކުޅުންތެރިޔެއް ނުވަތަ މެނޭޖަރެއްގެ ސަބަބުން މުޅި ސީޒަން ބަދަލުވެގެން ހިނގައިދާނެއެވެ. މީގެ ކުރީގެ ސީޒަންތަކުގައިވެސް ޖެނުއަރީ ވިންޑޯއަށްފަހު ތާވަލުގެ ފުލުގައި އޮންނަ ކްލަބުތަށް މައްޗަށް އަރައިގެން ދާތަން ވަނީ ފެނިފައެވެ. މިފަހަރުގެ ވިންޑޯގައި އެންމެ ބޮޑަށް އާ ކުޅުންތެރިންގެ ބޭނުންވެފައި ވަނީ ޗެލްސީ، ލެސްޓަރ ސިޓީ، ނިއު ކާސްލް، އެވަޓަން އަދި ބްރެންޓްފޯޑަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.