ވިލިމާލޭގައި 10 ޓެކްސީއަށް ހުއްދަ ދެނީ

ވިލިމާލޭގައި 10 ޓެކްސީއަށް ހުއްދަ ދެއްވަން ނިންމަވާފައިވާ ކަމަށް މާލޭ މޭޔަރު އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ވިލިމާލޭގައި ދުއްވަން ހުއްދަ ދޭނީ އިލެކްޓްރިކް ޓެކްސީއަށެވެ.

ހުޅުމާލޭގައި ދުއްވާ ބަގީގެ ދަތުރުތައްވެސް މިހާރު ވަނީ ހުއްޓިފައެވެ. ވުމާއެކު އެ އަވަށުގެ ރައްޔިތުންގެ ޝަކުވާ ވަނީ ވަރަށް ގިނަ ވެފައެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އިލްކްޓެރިކް ޓެކްސީގެ ތެރޭގައި ކާރާއި ވޭނާއި މިނީ ބަހަށް ހުއްދަ ދޭން ވަނީ ކައުންސިލުން ނިންމައިފައެވެ. މިއީ ބަގީގައި މުދާ އުފުލަން ދަތިވާތީއާވެސް އެކު ކައުންސިލުން އަޅާ ފިޔަވަޅެއް ކަމަށާއި ޓެކްސީ ދުއްވަން އެދޭ ފަރާތްތަކުން ކުރިމަތިލާން މި ހަފުތާގެ ތެރޭގައި އިއުލާނު ކުރާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.