
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު އެމްއެސްއެސް ގެލީނާ މިއަދު މާލެ އަތުވެއްޖެއެވެ.
މި ބޯޓު ފުރަތަމަ މާލެ ގެނައީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އެޔަށް ފަހު ބޯޓު ރީބްރޭންޑްކުރުމަށް ގެންދިޔައީ ސްރީލަންކާގެ ޑޮކްޔާޑަށެވެ.
ރީބްރޭންޑް ކުރުމަށް ފަހު ބޯޓު ފުރަތަމަ ދަތުރުގައި މިއަދު ރާއްޖެ އައީ ފުލް ކާގޯއާއެކުއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ އުފައްދާފައިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ކުންފުނީގެ ފުރަތަމަ ބޯޓް އެ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހު ރާއްޖެގެނެސް ޚިދުމަތް ފަށާފައިވާއިރު ސްރީލަންކާއާ ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރެއެވެ.
އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓްގެ ކްރޫއިންގެ 99 އިންސައްތައަކީ ދިވެހިންނެވެ.