![NazimMNP](https://aafathis.mv/wp-content/uploads/2021/10/NazimMNP-678x381.jpg)
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުގައި ދަފުތަރު ކޮށްފިއެވެ. މިއަދު އޮތް ޖަލްސާގައި އެކަން އިއުލާނު ކުރެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
އެމްއެންޕީގެ މެންބަރުންގެ ގޮތުގައި މިހާރު މަޖިލީހުގައި ތިއްބެވީ ތިން ބޭފުޅެކެވެ. އެއީ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރ) މުޙައްމަދު ނާޒިމާއި ނައިބު ރައީސް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ނައިބު ރައީސް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމެވެ.
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ޕާޓީގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިރާއްޖޭގައި ގައުމީ ވިސްނުމެއް އުފެއްދުމެވެ. އެ ވުިސްނުމުގެ ބޭފުޅުން ރާއްޖޭގައި ވަރަށް ގިނައިން އެބަތިއްބެވިއެވެ. ޕާޓީ ރަޖިސްޓަރީވީވެސް އެފަދަ ބޭފުޅުންގެ އެހީތެރިކަމުގެ ސަބަބުން ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.