![Launch](https://aafathis.mv/wp-content/uploads/2021/10/Launch-678x381.jpg)
މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލާންޗެއް ދިޔަވެ އަޑިއަށް ދިއުމުގެ ތެރޭގައި މޫދަށް ވެއްޓުނު ބޮޑު ދެ މީހުންނާއި ކުޑަކުއްޖަކު ހޯދަމުން ދަނިކޮށް ބޮޑު ދެމީހުން ފެނިއްޖެއެވެ. އޭގެ ތެރެއިން އެކަކު ފެނުނު އިރުވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނެއް މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނިޔާވެފައި ވަނީ އަންހެނެކެވެ.
ހާދިސާގައި ގެއްލުނު އުމުރުން 4 އަހަރުގެ ކުޑަ ކުއްޖާ އަދިވެސް ނުފެނެއެވެ. ފުލުހުން ގެންދަނީ އެ ސަރަހައްދު ބަލައި ހޯދަމުންނެވެ. ލާންޗު މިހާރު ވަނީ ގުރައިދޫ ފަޅަށް ވައްދައިފައެވެ.