ދިވެހިންނަށް ދިމާވާ އިންޑިއާ ވިސާގެ މައްސަލަތައް ހައްލުކުރަން އެބަ މަސައްކަތް ކުރަން: މިނިސްޓާރު ޝާހިދު

ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރައްވަން އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އެ ކަމަށް ވަރަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ވިސާ ހޯދުމުގައި ދިވެހިންނަށް ކުރިމަތިވާ ދަތިތައް އެމަނިކުފާނަށް ވަނީ އެނގިވަޑައިގެންފައެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދާ މީހުން ވިސާ ހޯދަން އިންޑިއަން ހައި ކޮމިޝަނުގެ ކުރިމަތީގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކިޔޫ ހަދައެވެ. ވިސާއަށް އެދިފައިވާ މީހުންގެ ޝަކުވާ ވަނީ ވަރަށް ބޮޑު ވެފައެވެ.

އިންޑިއާހައި ކޮމިޝަނަރުވެސް ވަނީ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.