ޔޫއެންޖީއޭ ގެ ރައީސް ޢަބްދުﷲ ޝާހިދަށް ނޢޢވ އަރުވައިފި

އަލިފުދާލުގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އަރުވައިފިއެވެ. މިއީ އެމަނިކުފާނު ރަސްމީ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެންނާއި އެމަނިކުފާނު ރާއްޖޭގެ ނަން ދުނިޔޭގައި އުފުއްލަވައިދެއްވި ދެއްވުމާއި ރާއްޖޭގެ ޚާރިޖީ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި ގައުމަށް ކުރައްވާ އެހެން ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އެރުވި ޢިއްޒަތެކެވެ.

ޢަބްދުﷲ ޝާހިދަށް ޢިއްޒަތުގެ ވެރިކަން އެރުވުން އޮތީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައެވެ.

ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެއްވި ދައުވަތަކަށެވެ. އެމަނިކުފާނު ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި އެހެން ބައެއް މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވައިލައްވާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.