މަޅުމަތި: ހިލިހިލާ

އަހަރެން އަތަމަނަހުރައަށް ދިޔައީ ސެމިނާރެއްގައި ބައިވެރިވާށެވެ.
އެއީ ވަރަށް ރީތި ރަށެކެވެ.
ތޫފާނާއި ބިންހެލުން އަންނަ ރަށެއް ނޫނެވެ.
އަރައިރުންވުމާއި ތަޅައިފޮޅުން ފަދަ ކަންތައް ވަރަށް މަދެވެ.
އަނިޔާކުރުމާއި ގަތުލުކުރުން އާއްމެއް ނޫނެވެ.
އަންހެނުންނަށް ކަމޭހިތައެވެ.
މުސްކުޅިންނަށް ގަދަރު ކުރެއެވެ.
ކުޑަކުދިންނަށް އޯގާތެރިކޮށް ހިތައެވެ.

އެކަމަކު...

އަހަރެން ރަށު ތެރެއަށް ނުކުމެ ހިނގައިލީމާ ފެނުނީ ވަރަށް ދެރަ މަންޒަރެކެވެ.
ފެންނަ ކޮންމެ މީހަކު ހުރީ ހިލިހިލާ ޖަހައިފައެވެ.
ކުޑަކުދިން ހިލިހިލާ ޖަހައިފައެވެ.
ބޮޑެތި މީހުން ހިލިހިލާ ޖަހައިފައެވެ.
މުސްކުޅިން ހިލިހިލާ ޖަހައިފައެވެ.
ދަންނަބޭކަލުން ހިލިހިލާ ޖަހައިފައެވެ.
ފުލުހުން ހިލިހިލާ ޖަހައިފައެވެ.
ސިފައިން ހިލިހިލާ ޖަހައިފައެވެ.
މުދައްރިސުން ހިލިހިލާ ޖަހައިފައެވެ.

އަހަރެން އާރުކާޓީއާ ސުވާލު ކޮށްލީމެވެ.
މި ރަށު މީހުން ހިލިހިލާ ޖެހީމާވެސް ރުހިގެން ތިބެނީ ކީއްވެގެން ހެއްޔެވެ؟
ހިލިހިލާ ނައްޓައި އެއްލައިލާން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

އާރުކާޓީ ބުންޏެވެ.
ހިލިހިލާއަކީ މުގައްދަސް އެއްޗެއް ކަމަށް މި ރަށުގެ ވެރިން ވަނީ ރައްޔިތުންނަށް ވިސްނައިދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.