ޖެންޑަރ މިނިސްޓަރު މަގާމުން ވަކި ކުރަން ޖެހޭ: ޢަލީ ވަޙީދު

މިހާރުގެ ޖެންޑަރ މިނިސްޓަރާއެކު މުޅި މިނިސްޓްރީ އޮތީ ބޮއްސުންލާ ފެއިލްވެފައި ކަމަށް މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މިއަދު ކުރައްވައިފައިވާ ޓުވީޓެއްގައި ޢަލީ ވަޙީދު ވިދާޅުވެފައިވާ ގޮތުގައި  (ޖެންޑްރ މިނިސްޓަރު) މަޤާމުން ވަކިކޮށް ވަކިން ޚާއްސަކޮށް ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހެއެވެ. ޚާއްސަ އަޅާލުމާ ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާއޮތް ހާލު ފެންނަ ކަމަށްވެސް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޝަރީއަތަށް ފޮނުވި ޝަރީއަތް ފެށުމާއެކު އޭނާ ވަނީ ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. ފަހުން އެނގުނު މައުލޫމާތު ރަކަށް ބަލާއިރު ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ އަލަށް ހެއްދި އާދައިގެ ޕާސްޕޯޓެއްގައެވެ. ވުމާއެކު އެއީ ސަރުކާރުން ރާވައިގެން ފުރުވާލި ފުރުވާލުމެއް ކަމަށް ދެކެވޭ ވާހަކައިގެ އަޑު މިހާރު ވަނީ ވަރަށް ގަދަވެފައެވެ.

ޢަލީ ވަޙީދު ލަންޑަނުގައި ހުންނަވައިގެން އޮންލައިންކޮށް ރާއްޖޭގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވާން ހަމަޖެއްސެވި ދުވަހު އެ ބައްދަލުވުން ބާއްވަވަން ހަމަޖެއްސެވި ގަޑީގެ ކުޑައިރުކޮޅެއް ކުރިން ލަންޑަނުގެ ފުލުހގުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އެއީ ވިސާގެ މުއްދަތު ހަމަވުމުންވެސް އިނގިރޭސިވިލާތުގައި ހުންނެވީތީއެވެ. މިހާރުވެސް ހުންނެވި ކަމަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށޫގައެވެ.

އެ ހުންނެވި ތަނެއްގައިހުންނަވައިގެން ޢަލީ ވަޙީދު ގެންދަވަނީ ދޭތެރެދޭތެރެއިން ޓުވީޓު ކުރައްވަމުންނެވެ. ޓޫވީޓުގައި އެންމެ ގިނަ ހަމަލާ އަމާޒު ކުރައްވަނީ ޕްރޮސެކިއުޓަރ ޖެނެރަލަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.