
އުތުރުތިލަފަޅު އެންމެ ފުރަތަމަ ސަރުކާރުން އުޅުނީ ޓޫރިޒޒމް ޒޯނަކަށް ހަދަން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި ގޮތުގައި އެހެން ހަދަން ސަރުކާރުން ގަސްތކުރީ އެ ސަރަހައްދުގައި އުފައްދާ ނުވަ ވަރަކަށް ރަށް އުތުރުތިލަފަޅާއެލު 90 އަހަރަށް ވިއްކާލެވޭނޭ ގޮތް ހަދާށެވެ.
ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި އުތުރުތިލަފަޅު ޓޫރިޒަމް ޒޯނަކަށް ހެދެން އޮތީ މިނިސްޓްރީން ރައީސް އޮފީހަށް އެކަމަށް އެދި ސިޓީއެއް ފޮނުވީމައެވެ. އެކަމަކު އޭނާ އެ ސިޓީ ފޮނުއްވަން ދެކޮޅު ހެއްދެވިއެވެ.