ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނިން ކުރިއަށްގެންދާ މިމަސައްކަތުގައި އެ ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިއަދު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށާ، މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޑީސީން ބުނެއެވެ.
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3ވަނަ ދުވަހުއެވެ. މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއެކު، ޕްލޭނިންގ މިނިސްޓްރީން ސޮއިކޮށްފައި ވަނީ 26 އޯގަސްޓް 2019 ގައެވެ.
މިމަޝްރޫއުގެ ދަށުން އިހަވަންދޫ ބަނދަރުގައި 284 މީޓަރުގެ ބޭރު ތޮށްޓަކާއި 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ހަމަޖެހިފައިވެއެވެ. އަދި 178 މީޓަރުގެ ރިވެޓްމެންޓް ޖެހުން ފަދަ ކަންތައް ހިމެނެއެވެ. މިބަނދަރު ބޮޑުކުރުމުގެ މަަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫޢުއަކީ 59.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.