
ރާއްޖެއިން އިތުރު 110 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 27 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 76 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 80،328އަށް އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ 1,682 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު 13 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.
މިއަދު އިތުރު 114 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެތެރެއިން 78،408 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5,569 ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 206 ދިވެހިންނާއި 19 ބިދޭސީންނެވެ.