ރާއްޖެއިން އިތުރު 151 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 151 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 42 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 98 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 80،218އަށް އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ 1,686 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު 15 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

މިއަދު އިތުރު 105 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެތެރެއިން 78،294 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 6,736  ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 206 ދިވެހިންނާއި 19 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.