ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަޢުލޫމާތު ދެއްވި ގޮތުގައި އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު މެންދުރު 11:20 ހާއިރު ނިޔާވެފައިވާ މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު މިވަނީ 223 އަށް އަރާފައެވެ. އެއީ 204 ދިވެހިންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 79،864 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 77953 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.