ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މެދުކަނޑާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަމުން އައި މަސައްކަތް ސްޓެލްކޯއިން މެދުކަނޑާލައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެދިފައިވާކަމަށެވެ. އެހެންކަމުން ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށްގެންދާނީ އެމަސައްކަތްތައް ނިމި، ކަރަންޓުގެ ޚިދުމަތްދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައި  ސްޓެލްކޯއިން ވިދާޅުވެއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހިމެނޭ ޓަވަރުތަކަށް ދާއީމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.