ފާއިތުވި ދެ އަހަރު ކަޝްމީރުގައި އިންސާނީ ހައްގުތަކަށް އަރައިގެންފައި ވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށް: އިމްރާން ޚާން

އިންޑިޔާ ސަރުކާރުން ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންސާނީ ހައްގުތަކަށް ފާއިިތުވި ދެ އަހަރު ދުވަހު އަރައިގެންފައި ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަށް ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އިންޑިޔާގެ ގާނޫނު އަސާސީގައި ކަޝްމީރަށް ދީފައި އޮޮތް އިމްތިޔާޒުތައް އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ނިގުޅައިގަތުމަށް ދެ އަހަރު ފުރުމާއި ގުޅިގެން އިއްޔެ ނެރުއްވި ބަޔާނެއްގައެވެ. ޕާކިސްތާނާއި، ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި މި ދުުވަސް 'ޔައުމެ އިސްތިހްސާލް' (ހާލަތުގެ ފައިދާ ނަހަމަ ގޮތުގައި ނެގުމުގެ ދުވަސް) ގެ ގޮތުގައި ފާހަގަކުރަމުން ދާއިރު ކަޝްމީރުގެ އިންޑިޔާ ފަޅީގައި މި ދުވަސް ފާހަގަކުރަމުން ދަނީ 'ކަޅު ދުވަހުގެ' ގޮތުގައެވެ.

ކަޝްމީރުގެ ވެރިރަށް ސްރީނަގަރުގައި މި ދުވަހާއި ގުަޅިގެން ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފައި ވާއިިރު، އިހުތިޖާޖުކުރުމާއި، މުޒާހަރާކުރުން ހުއްޓުވުމަށްޓަކައި، އިންޑިޔާއިން ވަނީ ގިނަ އަދަދެއްގެ ސިފައިން އެރަށުގެ މަގުމައްޗަށް ނެރެފައެވެ. ފުލުހުން ވަނީ މަގުތަކުގައި ޗެކް ޕޮއިންޓާއި ބެރިކޭޑް ބަަަހައްޓައި މަގުތައް ބަންދުކޮށްފައެވެ. އަދި ބައެެއް ޚަބަރުތައް ބުނާ ގޮތުގައި ފުލުުހުން ވަނީ ބައެއް ފިހާރަތައް ހުޅުވާފައި ބަަހައްޓަން މަޖުުބޫރުކޮށްފައެވެ.

"ކަޝްމީރުގެ ރައްޔިތުން ދަނީ ހުއްޓުމެއް ނެތި ކުރިއަށްދާ ޝަރީއަތްކުރުމަކާ ނުލައި މީހުން މެރުމާއި، ބަންދުގައި ބައިތިއްބައިގެން އަނިޔާކުރުމާއި މެރުމާއި، ގާނޫނީ ހުއްޖަތެއް ނެތި ހައްޔަރުކުރުމާއި، ޖަމާއީ އަދަބު ދިނުމުގެ ގޮތުން ގެތައް ލޫޓުވައި އަންދާލުމާއި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އެހެން އަމަލުތަކާ ކުރިމަތިލަމުން." ބޮޑުވަޒީރު އިމްރާން ޚާންގެ ބަޔާނުގައި ވެއެވެ.

އިންޑިޔާގައި ވެރިކަންކުރާ ހިންދޫ ވަޠަނީ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ 2019 ވަނަ އަހަރުގެ 5 ވަނަ ދުވަހު އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއާއި، 35 ވަނަ މާއްދާގެ ހ. އުވާލާފައެވެ. މިއީ ކަޝްމީރަށް އެތަނުގެ ކަންކަން ނިންމުމުގެ ޒާތީ މިނިވަންކަމާއި، އެ ސަރަހައްދުގައި އެހެން އިންޑިޔާގެ އެހެން ސަރަހައްދުތަކުގެ މީހުން ވަޒަންވެރިވުން މަނާކުރާ މާެއްދާތަކެވެ. އަދި ހަމަ އެދުވަހު ބީޖޭޕީ ސަރުކާރުން ވަނީ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް އުވާލައި، އެތަން ދެ ޔުނިއަން ޓެރިޓަރީއަށް ބަދަލުކޮށްފައެވެ. ޔުނިއަން ޓެރިޓަރީއަކީ ސްޓޭޓަށް ވުރެ މިނިވަންކަން ކުޑަ، ސީދާ މަރުކަޒީ ސަރުކާރުގެ ބާރު ހިނގާ ސަރަަހައްދުތަކެވެ.

ކަޝްމީރުގައި އެންމެ ފަހުން ޗީފް މިނިސްޓަރުކަން ކުރެއްވި މެެހެބޫބާ މުފްތީ ވަނީ އޭނާއަށް ތާއީދުކުރާ މީހުންނާއެކު ސްރީނަގަރްގެ ލާލް ޗޯކާ ހަމައަށް އިއްޔެ ހިނގާލުމެއް ބާއްވަވަން މަސައްކަތްޕުޅުކުރައްވާފައެވެ. އެހެންނަމަވެސް، ސަލާމަތީ ބާރުތަކުން ހުރަސްއެޅުމުގެ ސަބަބުން ހިނގާލުން ކުރިއަށް ނުގެންދެވުނެވެ.

ބޮޑުވަޒީރު އިމްރާން ޚާންގެ ބަޔާނުގައި އޭނާ ވަނީ ކަޝްމީރުގައި އިންޑިޔާއިން ހިންގަަމުންދާ އަމަލުތަކަށް އިންޑިޔާ ޒިންމާދާރުކުރުމަށް އދ.އާއި، ބައިނަލް އަގުވާމީ އެހެން ޖަމްއިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަަކަށް ގޮވައިލައްވާފައެވެ.

އޭނާގެ ބަޔާން ނިންމަވާލައްވާފައިވަނީ އދ.ގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ ރައްޔިތުންނަށް އެމީހުން މުސްތަގުބަލާމެދު އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ހައްގު ލިބެންދެން ކަޝްމީރު މީހުންގެ މަސައްކަތުގައި ޕާކިސްތާނު އެމީހުންނާއެކު ވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.