ކޮލަމް ކޮށާރު - 22

ތާކިހާ ހެޔޮވަރު ވުމީ މީހާށަ އޮތް މޮޅު ހައިބަތެއް
ތާކިހާ ބޮޑުވުން އެއީ ލޯ ފޮރުވިދާނެ މަލަމަތެއް

ތޫނު ވަޅިއެއް ތޫނުކަން ނުދަތުން މިއީ ވެސް ދެރަކަމެއް
ހޫނު އަލިފާނުން ފިހޭކަން ނޭނގުމީ މާދެރަކަމެއް


ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.