
ބޮޑުވުމުން ގޮނޑި ހުސްތަނޭ ބާކީވެފާ އޮންނާނެނީ
ކުޑަވުމުން ގޮނޑި ނުފެތިފާ ކޮޅަށޭ ތިބާ ހުންނާނެނީ
މަޑުވެ ހިތްތިރި ލިބުނު ގޮނޑިއޭ އެންމެ ހެޔޮވަރު ވާނެނީ
ކަނޑުގެ ހުކުމެއް ބިންމަތީގައި ސުލްހައެއް ނުމެވާނެނީ
ނޯޓު: މިއީ އާދަމް ޢަބަދުއްރަޙުމާން، ހއ. އުތީމު ލިޔުއްވާ "ކޮށާރު" ކޮލަމެވެ. މި ކޮލަމް އޭނާ ލިޔުއްވާނީ ޅެންބަހުރުވައިންނެވެ. ކޮންމެ ކޮލަމެއްގައި ހިމެނޭނީ ދެ ބައިތެވެ.