ޔޫރޯ2020 ގައި މިރޭ 9 ޖެހިއިރު ޕޯގުގަލްއާއި ހަންގޭރީއާ ދެމެދު ކުޅުނު މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީޯ ޕޯޗުގަލެވެ. ޕޯޗުގަލަކީ ޔޫރަޕްގެ އެންމެ ފަހުގެ ޗްމްޕިއަނެވެ.
މެޗު ފެށުމާއެކު ހަންގޭރީން ކުޅެމުން ގެންދިޔައީ ދިފާއީ މެޗެކެވެ. ވަރުގަދައަށް ދިފާއު ކުރަމުން ލިބޭ ފުރުސަތުތަކުގައި ޕޯޗުގަލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މިރޭގެ މެޗު ވެފައި ވަނީ މިހައި ތަނަށް މި މުބާރާތުގައި ކުޅުނު އެންމެ "ގެރި"ވެސް މެޗު ކަމުގައެވެ. ދެ ޓީމުންވެސް ކުޅެމުން ދިޔައީ ގެރި ކުޅުމެކެވެ.
ޕޯޗުގަލް ކުޅެމުން ދިޔައީ ހަމަލާގެ ކުޅުމެކެވެ. އެހެންނަމަވެސް ހަންގޭރީގެ ވަރުގަދަ ދިފާއު ފޫއެޅުވުން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. ރޯނާލްޑޯއަށް ދެ ހާފުގައި ރަނގަޅު ދެ ފުރުސަތު ލިބި ގެއްލިގެން ދިޔައެވެ.
މެޗުގެ 80 ވަނަ މިނިޓުގައި ހަންގޭރީން ލަނޑެއް ޖެހިއެވެ. އެހެންމަވެސް އެއީ އޯފްސައިޑް ލަނޑެކެވެ. ހްނެގޜިީ ކުޅުންތެރިން މައްސަލަ ޖެއްސި ނަމަވެސް ވީޑިއޯއިން ފެނުނު ގޮތުގައި ލަނޑު ޖެހި ޝޯން ހުރީ ފާޅުކޮށް ފާހަގަ ކުރެވޭ ވަރަށް އޯފްސައިޑް ވެފައެވެ.
ޕޗުގަލް 3 ލަނޑުވެސް ޖެހީ އެންމެ ފަހުގެ 10 މިނިޓުގެ ތެރޭގައެވެ. ފުރަތަމަ ލަނޑަކީ ހަންގޭރީއަށް ބަލާއިރު ވަރަށް ދެރަ ގޮތަކަށް ވަން ލަނޑެކެވެ. މެޗުގެ 84 ވަނަ މިނިޓުގައި ޕޯޗުގަލްގެ ރަފައެލް ގުއެރޭރޯ ޖެހި ބޯޅަ ގޯލަށް ވަނީ ހަންގޭރީގެ ވިލީ އޯބާންގެ ފައިގައި ޖެހިފައެވެ. އެހެންކަމުން މި ލަނޑު ރެކޯޑު ކުރެވިފައި ވަނީ ބައިކޮޅަށް އޭނާގެ އަތުން ވަން ލަނޑެއްގެ ގޮތުގައެވެ. 87 ވަނަ މިނިޓުގައި ޕޯޗުގަލްގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ތިން ވަނަ ލަނޑަކީ ރޮނާލްޑޯ ޖެހި ވަރށް ރީތި ލަނޑެކެވެ. މެޗުގެ 90 މިނިޓު ހަމަވެ އިތުރަށް ދިން 5 މިނިޓުގެ ތެރެއިން 2 ވަނަ މިނިޓުގައި ގޯލްކީޕަރުގެ ގައިންވެސް ނައްޓާލާފައި ޖެހި ލަނޑެކެވެ.
މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި 2 ލަނޑާއެކު އޭނާ ވެފައި ވަނީ ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އެއީ 11 ލަނޑެވެ. މީގެ ކުރިން މި ރެކޯޑު އޮންނާނީ ފްރާންސްގެ މިޝޭލް ޕްލެޓީނީގެ އަތުގައެވެ. އޭނާ ޖަހައިފައި ވަނީ 9 ލަނޑެވެ.
މިރޭގެ މެޗުގެ ކުޅުމަށް ބަލާއިރު ހަންގޭރީއަށް ހަމްދަރްދީ ހައްގެވެ. ވަރަށް ރަނގަޅަށް ދިފާއުކޮށް ކުރިއަށް އަރައި ހަމަލާވެސް ދެވޭތޯ ގަދައަޅާއި މަސައްކަތް ކުރަމުން ވަރުގަދަ ޕޯޗުގަލް ހުއްޓުވަމުން ގެންދަނިކޮށް ބައިކޮޅަށް ވަން ލަނޑަކާއެކު މުޅި ޓީމު އެލިއްޖެއެވެ. ނަތީޖާއަކީ ހިތްވަރުކޮށްފައިމެ 3 ލަނޑު 0 ލަނޑުން ބަލިވުމެވެ.