މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވާ: ޑރ.މުޢިއްޒު

ކޮވިޑް-19ގެ ޙާލަތުގައި މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެގޮތުން މާލެ ސިޓީގެ ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުން ބައެއް އުނިކޮށްދެއްވުމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މޭޔަރު ޑރ.މުއިއްޒު މިގޮތަށް ގޮވާލެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވިޓުގައި ވިދާޅުވެފައިވަނީ ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައިވާކަމަށެވެ. ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލައްވާކަމަށެވެ.

 މޭޔަރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން ހުވައިކުރެއްވުމަށްފަހު ޑރ.މުޢިއްޒު ގެންދަވަނީ މާލެ ސިޓީއާ ގުޅުންހުރި ގިނަކަންކަން ހުރެއްވުމުގެ މަސައްކަތް ފަށްތަވަމުންނެވެ. އެގޮތުން މާލޭގެ މަގުތައް އަލުން މަރާމާތުކޮށް ހެދުމުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައި ބައެއް މަގުތަކުގައި ތާރު އަޅުއްވައިގެން ހައްދަވަން ނިންމައި އެކަން ވަނީ ހާމަކުރައްވާފައެވެ. އަދި މާލެ ފެހިކުރުމަށް ގަސް އިންދެވުމާއި މާލޭގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރާ ގުޅިގެން ކުރައްވަންޖެހޭ މަސައްކަތްތަކައި އެނޫންވެސް ވަރަށްގިނަ ކަންކަން ރާއްވައި އެކަންކަމުގެ މަޢުލޫމާތު ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.