ކޮވިޑް-19ގައި ގައްދޫ ޒާހިރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު ކޯވިޑް-19 ގައި އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގައްދޫ ޒާހިރު އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. ޒާހިރު މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ މީގެ 2 ދުވަހެއްކުރިންކަމަށާ،  ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާދީފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ. އެހެންނަމަވެސް އަވަހާރަވީ ގެއަށް ބަދަލުކުރިފަހުންނެވެ. ގެއަށް ބަދަލުކޮށްފައިވަނީ މިއަދު ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވުމުން ޑޮކްޓަރުންނާ މަޝްވަރާކުރުމަށްފަހުކަމަށް ވަނީ މަޢުލޫމާތު ލިބިފައިވެއެވެ.

ގައްދޫ ޒާހިރަކީ 17ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަޝްހޫރު ވިޔަފާރިވެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.