ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު 100 އަށް އަރައިފިއެވެ.
100 ވަނައަށް ނިޔާވީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ ފަތިހު 4.41 ގައެވެ.
ކޯވިޑް-19 ގައި ދިވެހިރާއްޖޭގައި އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ މި މަހުގެ ތެރޭގައެވެ.
މި ބަލި ޖެހޭ މީހުން ފަހަކަށް އައިސް ދަނީ ގިނަވަމުންނެވެ. ހާހުން ފަނަރަސަތޭކައިން ގިނަ ވަމުން ގޮސް ރޭ ވަނީ ތަންކޮޅެއް މދުވެފައެވެ. ރޭ އެޗްޕީއޭއިން ހާމަކޮށްފައި ވަނީ 741 މީހުން ޕޮޒިޓިވްވީ ކަމަށެވެ. މީގެ ތެރެއިން 560 މީހުންނަކީ މާލެއިން ޕޮޒިޓިވް ވީ މީހުންނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުން ޕޮޒިޓިވް ވެފައި ވަނީ 156 މީހުންނެވެ.