ޚިޔާނާތުގެ ފައިސާ ލިބުނު ދައުލަތުގެ މުވައްޒަފުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް މިހާތަނަށް ހާމަވެފައިވާ މީހުންގެ ތެރެއިން ދައުލަތުގެ އެކި މުއައްސަސާތަކުގެ މަޤާމުތަކުގައި ތިބި މީހުން މަޤާމުތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީންނެވެ.

މިގޮތަށް ހުށަހަޅުއްވީ މަޖިލިސް ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މިއާއެކު މިމައްސަލަ  މައި ކޮމިޓީއަށް ފޮނުވަންވަނީ ނިންމާފައެވެ. މއި ކޮމިޓީން ނިންމައި ދެން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށްބުނާ އެތައް ބައެއްގެ ނަން ހިމެނޭ ލިސްޓެއް މަޖިލީހުންވަނީ މިހާރު ޢާއްމުކުރަންވެސް ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.