ކޮވިޑް-19 : އިތުރު 1،204 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 1،204 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 961 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 235 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 8  މީހެކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 37،019 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 10،376 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 244 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 248 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 26،547 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއާއެކު މިހާތަނަށް 87 މީހަކު ކޮވިޑް ޖެހިގެން ރާއްޖެއިން މިވަނީ ނިޔާވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.